ޙާއްޞަ
އެހީއަށް ބޭނުންވާ ދަރިވަރުން
ޢިލުމުވެރިންގެ މެދުގައި މި ޚާއްޞަ ކުދިން
ތަފާތު ގޮތްގޮތަށް ސިފަކުރެވެއެވެ. އެއްގޮތަކީ "އިމްޕަރމަންޓް" ދެވަނަގޮތަކީ
"ޑިސްއޭބަލްމަންޓް" އަދި ތިންވަނަ ގޮތަކީ "ޑިސްއޭބަލް މީހުން"
މިފަދައިންނެވެ.
އިމްޕެއަރމަންޓްގެ މާނައަކީ، ހިއްސުތަކުގެ،
ސިކުޑީގެ، ނުވަތަ ހަށިގަޑުގެ އުނިކަމެއް ނުވަތަ ކޮންމެސްމިންވަރެއްގެ ޢައިބެއްގެ
ސަބަބުން ގިނަދުވަހަށް ނުވަތަ މުޅިޢުމުރަށް ނުކުޅެދުންތެރިވުމެވެ.
ޑިސްއޭބަލްމަންޓްގެ މާނައަކީ، ލިބިފައިވާ
ހަށިގަޑުގެ އުނިކަމެއް ނުވަތަ ސިކުޑީގެ އުނިކަމެއްގެ ސަބަބުން ވަށައިގެންވާ
ވެށިގައި ވަކި އިންތަކެއްގެ ތެރޭގައި ކަންކަން ހަމަޖެހިފައިވާ ގޮތުގެ ސަބަބުން
މުޖުތަމަޢުގައި ޢާއްމު މީހުންނެކޭ އެއްފަދައިން އުޅުމުގެ ފުރުޞަތުތައް ހަނިވެ
ނުކުޅެދުންތެރިވުމެވެ.
މިދެގޮތަށް ބަލާއިރު ޢާއްމުކޮށް ޚާއްޞައެހީއަށް ބޭނުންވާ
މީހުންގެ ތެރޭގައި ހިމެނެނީ، ހަށިގަޑުގެ އުނިކަން، ޙިއްސުގެ
އުނިކަން (ބީރު، ލޯފަން)، ނުރައްކާތެރި ބަލިތައް (އެޗް އައިވީ ފަދަ)،
ހުރިހާވައްތަރެއްގެ އުނގުނުމުގެ އުދަގޫތައް ދިމާވެފައިވާ، އަދި އިމޯޝަނަލް އަދި
ބިހޭވިއަރަލް މައްސަލަތައް ދިމާވެފައިވާ މީހުންނެވެ. އޭގެ އިތުރުން ހިމެނެނީ،
ހަށިގަޑުގެ ބޭރުފުށުން ފާހަގަ ނުކުރެވޭ ބައެއް ނުކުޅެދުންތެރިކަން ދިމާވެފައިވާ (އެޕިލެޕްސީ،
ޑައިބޭޓްސް، ސިކްލް ސެލް އެނީމިއާ، އަދި އުގެނުމުގެ ދަތިކަމެއް ކަމަށް ބެލެވޭ
ޑިސްލެކްސިއާ، ވާހަކަ ދެއްކުމުގެ އުނިކަން، އަދި ސިކުޑި ހަމަނުޖުހުމުގެ މައްސަލަ،
ހުންނަ އެކިބާވަތްތަކުގެ މީހުންނެވެ. އިސްވެދިޔަ ހުރިހާ އުނިކަމެއް އެއްކޮށް
ނައްތާނުލެވުނު ނަމަވެސް ބައެއް ބާވަތްތަކަކީ އެއުނިކަމުގެ ސަބަބުން ދިމާވެފައިވާ
ދަތިތައް ނައްތާލެވިއްޖެނަމަ ޢާއްމު އިންސާނުންނެކޭ އެއްފަދައިން ދިރިއުޅުމަށް
އެހީތެރިކަން ފޯރުކޮށްދެވިދާނެ ބާވަތްތަކުގެ މީހުންނެވެ. މިކަންކަމަށް
ވިސްނާލާއިރު ފާހަގަ ކުރެވޭ ދެމޮޑެލެއް ވެއެވެ. އެއީ ސޯޝަލް އަދި މެޑިކަލް
މޮޑެލެވެ.
މެޑިކަލް މޮޑެލް:
މެޑިކަލް މޮޑެލްގައި ޚާއްޞައެހީއަށް ބޭނުންވާ މީހާ
ބެލެވެނީ އޭނާއަކީ މައްސަލަ ކަމުގައެވެ. އެހެންކަމުން އެމީހުން މިވެއްޓަށް ފެތޭނީ
އެއުނިކަން ނައްތާލެވި ރަގަޅުކޮށްގެންނެވެ. އެކީ ނައްތާނުލެވޭފަދަ އުނިކަމެއް ނަމަ
އެމީހުންތިބެންޖެހޭނީ ޙާއްޞަކުރެވިފައިވާ ވަކިބާވަތެއްގެ ތަންތަނުގައި
ބަންދުވެގެން ނުވަތަ ގޭގައި ބަންދުކޮށް އެކަހެރި ކުރެވިފައެވެ. ޢާއްމުގޮތެއްގައި
މިބާވަތުގެ ތަންތަނަކީ ހަމައެކަނި ބޭސިކް ނުވަތަ ޟަރޫރީ ބޭނުންތައް އެކަނި
ފުއްދޭފަދަ ތަންތަނެވެ. މިގޮތަށް ތިބޭ ތިބުމުގައި ޢާއްމުކޮށް އެހެންމީހުންގެ
މައްޗަށް ވަރަށްބޮޑަށް ބަރޯސާވެގެން ތިބެންޖެހެއެވެ. މިގޮތުން މީހުންގެ ތެރޭގައި
އެމީހުން ސިފަކުރެވެނީ އެހެންމީހުންގެ އެހީތެރިކަމާއި ނުލައި ނޫޅެވޭ، ކަންކަމަށް
ބިރުގަންނަ ޖެހިލުންވާ ބައެއްގެ ގޮތުގައެވެ. މިމޮޑެލުގައި ޙާއްޞައެހީއަށް ބޭނުންވާ
މީހާގެ ބޭނުމަށް ވިސްނުމުގެ ބަދަލުގައި ބެލެވެނީ ޚާއްޞައެހީ ބޭނުންވާ މީހާގެ
އުނިކަމަށެވެ. އެހެންކަމުން މިކަމުގެ ޙައްލެއްކަމަށް ބެލެވެނީ ކޮންމެވެސް ގޮތަކަށް
އޮޕަރޭޝަނެއް ނުވަތަ އެހެންވެސްގޮތަކުން އެއުނިކަން ނައްތާލާ ރަގަޅުކުރުން
ކަމުގައެވެ.
މިމޮޑެލުގައި
ފާހަގަ ކުރެވޭ ގޮތުގައި މިބާވަތުގެ ކުދިންގެ މައްޗަށް އެހެންމީހުންނާ ކަންކަމުގެ
ކޮންޓްރޯލް ބޮޑުކަމުން އިތުރަށް ނުކުޅެދުންތެރިކުރުވައެވެ. ދާނެ ސްކޫލު ކަނޑައެޅުމާއި،
ތަޢުލީމީ ދާއިރާގައި އެކުދިންނަށް ލިބިދެވިދާނެ ޚިދުމަތްތަކާއި، އުޅޭނެތަން
ކަނޑައެޅުމާއި، ކުރާނެކަމެއް ނިންމުމާއި، އަދި އެހުރިހާ ކަމެއްގެ އިތުރުން
ދުނިޔެއަށް އައުމާއި ނައުންފަދަ ހުރިހާކަމެއްވެސް ނިންމާނީ އެހެންމީހުންނެވެ. ހަމަ
މިބީދައިން މާހައުލުގެ ހުރިހާކަމެއްވެސް ރޭވިހިންގެނީ އެހެންމީހުންގެ ބޭނުންތަކާއި
ގުޅޭގޮތުން އެމީހުންގެ ބާރުގެދަށުނެނެވެ. އެހެންވެ މިފަދަ ޙާއްޞައެހީއަށް ބޭނުންވާ
މީހުންނަށް މިވެށީގައި އެތަށް ގިނަގުނަ ހުރަސްތަކެއް ހުށަހެޅިފައިވެއެވެ.
އެމީހުންގެ ބޭނުންތައް ފުއްދުމަށް ލިބިދެވޭ ފުރުޞަތުތައް މަދުވެ އެކަންކަން ފުދުން
މުސްތަޙީލުކަމަކަށް ބަދަލުވެގެންދާ ޙާލަތްތައްވެސް ފާހަގަކުރެވެއެވެ. މިގޮތުން
ދިރިއުޅޭތަނުގައި، ސްކޫލުގައި، މާހައުލުގައި، އަދި ތަފާތު
ޚިދުމަތްފޯރުކޮށްދޭ ވަޞީލަތްތަކުގައިވެސް މިކަން ފާހަގަ ކުރެވެއެވެ. މިހުރިހާ
ކަމެއްގެ ސަބަބުން އެމީހުން އިތުރަށް ނުކުޅެދޭ ބައަކަށް ހަދައެވެ. ހަމަ މިއުޞޫލުން
ބާރުލިބިގެންވާ ފަރާތްތަކާއި ފޮތާއި މީޑިއާ އަދި އެނޫންވެސް ވަޞީލަތްތަކުގައި
މިމީހުންނަށް ހިތްވަރުދެވެނީ ބަންދުވެފައި ތިބޭގޮތަށެވެ. މިކަމުގެ ސަބަބުން
މިކުދިން އަމިއްލަ ނަފުސާއި މެދު ދެކެވޭ ގޮތް ނެގަޓިވްވެ، ކަމެއް ނުކުރެވޭ،
ނުކުޅެދޭ، ނުކެރޭ އިހުސާތަކާއި ޚިޔާލު އުފެދި ނުކުޅެދުންތެރިކަން އިތުރު
ވެގެންދެއެވެ. މިމޮޑެލުގައި ފާހަގަ ކުރާގޮތުގައި އެމީހުންވާންޖެހޭނީ މުޅި
ޢުމުރުގައިވެސް އެހެންމީހުންނަށް ބަރޯސާވެގެން ދިރިއުޅޭ ބާކީ ކޮށްލެވި އެކަހެރި
ކޮށްލެވިފައިވާ ބައަކަށެވެ. ތަޢުލީމީ ފުރުޞަތުތަކަށް ބަލާއިރުވެސް މެޑިކަލް
މޮޑެލްގައި ދެކެވެނީ އެމީހުންނަކީ ތަފާތު ބައެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި
ނުކުޅެދުންތެރިކަން ނައްތާލެވޭނެގޮތަކާއި އުނިކަމެއް ނެތް ކުދިންނެކޭ އެއްފަދައިން
އެމީހުން ބަދަލުކުރެވޭނެ ގޮތަކަށެވެ.
ސޯޝަލް މޮޑެލް:
މިމޮޑެލް ސަމާލުކަން ދެނީ މީހާގެ އުނިކަމަކަށް ނޫނެވެ.
މީހާއަށެވެ. އޭނާއަކީ ތަފާތު މީހުން އުޅޭ މުޖުތަމަޢެއްގެ އަގުވަޒަން ކުރެވޭ
މެމްބަރެއްގެ އުޞޫލުންނެވެ. މިމޮޑެލް ޤަބޫލުކުރާގޮތުގައި މުޖުތަމަޢުގެ އެހެން
ފަރުދުން ފަދައިން މިކުދިންނަކީވެސް ޙައްޤުތަކެއް ލިބިދޭންޖެހޭ ދިރިއުޅުމުގެ
ހުރިހާ ކަމެއްގައި ފުރުޞަތުތައް މަގުފަހިވެފައިވާ ބަޔަކަށް ވާން ޖެހޭނެއެވެ.
މިގޮތުން ލިބިދޭން ޖެހޭ ޙައްޤުތަކުގެ ތެރޭގައި ދިރިއުޅޭތަން، ތަޢުލީމު، އެއްތަނުން
އަނެއްތަނަށް ދިޔުން، އެހެންމީހުންނެކޭ އެއްފަދައިން ލިބިދޭން ޖެހޭ ބައެކެވެ.
މިގޮތުން އެކުދިންނަކީ ތަފާތު އުނިކަމެއް ލިބިފައިވީނަމަވެސް އިންސާނެއްގެ
ޚާއްޞިޔަތުން ވަކިކުރެވޭނެ ބައެއް ނޫންކަމެވެ.
މި މޮޑެލް ދެކޭގޮތުގައި މިކުދިން ނުކުޅެދޭ ބައަކަށް ހެދީ
އެމީހުން އުޅެން ދިމާވި ނުކުޅެދުންތެރި ވެއްޓެވެ. އެވެށި އެކުދިންނަށް ކުޅެދޭ
ތަނަކަށް ވާހިނދު އެކުދިންނަކީ ޢާއްމު އެހެން ފަރުދުން ފަދައިން ކުޅެދޭ ބައަކަށް
ވެގެންދާނެއެވެ. މިކުދިންނަކީ ނުކުޅެދޭ ބައަކަށް ހެދީ ޒަމާނުއްސުރެ
މިމުޖުތަމަޢުގައި އުޅޭ ނޯރމަލް މީހުންނަށް ފެތޭގޮތަށް ވާހަކަ ދައްކަމުން އެހެން
އުނިކަމެއް ލިބިފައިވާ މީހަކީ ނުވަތަ ކުއްޖަކީ ނުކުޅެދޭ އެބްނޯރމަލް މިފަދަ ލަފުޒު
އެކުދިންނަށް ނިސްބަތްކޮށް ބޭނުންކުރަމުން ގޮހެވެ. މިކުދިންގެ ފަރާތުން ދިމާވެދާނެ
ކަމަކަށް ޖެހިލުންވުމާއި، އަޅާނުލުމާއި، ތަފާތު ކުރުންތަކާއި، ހީވާހީވުންތަކަށް
ގޮތްނިންމުން ފަދަ ކަންކަން ހިނގަމުން ގޮސް މިކުދިންނަކީ ނުކުޅެދޭ ބައަކަށް
ހެދެނީއެވެ. މިމޮޑެލް ޙާއްޞަކަމެއް ދޭގޮތުގައި މިކުދިންގެ ކިބައިގައިވާ މިއުނިކަން
ބަލައިގަނެ އެކަން އެއީ ޢާއްމު އެހެން ފަރުދުންގެ ކިބައިގައިވެސް ތަފާތު
ސިފަތައްވާފަދައިން ލިބިގެންވާ ސިފަތަކެއް ކަމަށް ދެކެ އެކުދިން އެކުދިންގެ
ގޮތުގައި ބަލައިގަތުމުން އެކުދިން ހިތުގައި އެކުދިންގެ އަމިއްލަ ނަފުސުގެ
އަގުވަޒަން ކުރެވި، ކުޅެދޭ، ކެރޭ، ހިތްވަރުގަދަ އެކުދިންގެ ޙައްޤުތައް ހޯދާން
މަސައްކަތް ކުރާ ކުދިބަޔަކަށް ވެގެންދާނެއެވެ. މިމޮޑެލްގެ އަހުލުވެރިން
ދެކޭގޮތުގައި އެކުދިން އުޅޭ ވެށި އެކުދިންނަށް ކުޅެދޭ ވެއްޓަކަށް ހަދާ
ފުރުޞަތުތައް ހުޅުވާލެވުމުން އެއީ އެކުދިންނަށް ދިމާވެފައިވާ މައްސަލަތަކުގެ
ޙައްލާއި ފަރުވާވެސް މެއެވެ. ތިރީގައިވާ ޑައިގުރާމުގައި އެދައްކަނީ މިފަދަ
ކުދިންނާއި ދޭތެރޭ މުޖުމަޢު ދެކޭ ގޮތުގެ ތަފާތު ކަންތައްތަކެވެ.
މުވާސަލާތުކުރުމުގެ
ނުކުޅެދުންތެރިކަން
މުވާސަލާތުކުރުމަށް ކޮންމެހެން ބޭނުންވާ
ހުނަރުތަކެއް ހުރެއެވެ. އޭގެތެރޭގައި ހިމެނެނީ ސަމާލުކަން، އަޑުއެހުން،
ކޮޕީކުރުން، ފުރުޞަތުނެގުން (ޓަރންޓޭކިން)، ކުޅިވަރުކުޅުން، ދޭހަވުން، މޫނުމަތީގެ
ކުލަވަރުތައް، ވާހަކަދެއްކުން މިއެވެ.
Win Real Money with JackpotCity Casino - Get a 100% Bonus
ReplyDeleteJackpot wooricasinos.info City Casino is an instant-play and mobile casino, launched in goyangfc 2017. It is a new online gambling ventureberg.com/ site that communitykhabar features sol.edu.kg slots, poker, bingo,